މަރިޔަނބު ތަޅާވަރަށް ނުތެޅިޔަސް އަތް ދޮންނަން އާދަކުރޭ.. #ބީލައިކްމަރިޔަނބު

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ޢާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އެކި މެސެޖުތައް ފޯރުކޮށްދެމު...

16 Oct 2020 | 16:53

ކޯވިޑް-19 ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންނަނީ ޢާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ތަފާތު އެކި މެސެޖުތައް ފޯރުކޮށްދެމުން ނެވެ.

ތަފާތު އެކި ވީޑިއޯ ކްލިޕްތަކާއި ކުރެހުންތަކާއި ތަފާތު އެހެނިހެން ގޮތް ގޮތުން މި ބަލީގައި ރައްކާތެރިވެ ތިބުމަށް އެޅިދާނެ ގިނަގުނަ މެސެޖުތައް އަންނަނީ ފޯރުކޮށްދެމުން ނެވެ.

މިގޮތުން މިފަހުން އެޗްޕީއޭ އިން ޢާންމުންގެ ތެރެއަށް ދޫކޮށްލި ވީޑިއޯއަކީ ތަފާތު ވީޑިއޯ އެކެވެ.

ކޯވިޑުން ރައްކާތެރިވުމަށް އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން ކަމަށްވާ އިރު، އެ ވީޑިއޯ އިން ދައްކުވައިދެނީ އެ މަންޒަރު ތަކެވެ.

ހަމަ ކޮންމެ ކޮންމެ މީހަކު، މަރިޔަނބު ތަޅާވަރަށް ނުތަޅަފާނެއެވެ. އަތް ދޮންނަހަރޭ ކިޔާފައި ރިމޯޓުންވެސް ވީއްލައި ނުލާފާނެއެވެ.

އާއެކެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ކޯވިޑު އެވެއަރނަސް ވީޑިއޯގެ މައި ކެރެކްޓަރ މަރިޔަނބުގެ ވާހަކައާއި މަރިޔަނބު އެ ދޭ މެސެޖު މިވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.

އޭގެ ހެއްކަކީ ޓްވިޓަރ އަދި ފޭސްބުކް ގައި އެ ވީޑިއޯ ޝެއަރ ކުރާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރު ވުމެވެ.

އެޗްޕީއޭ އިން މީގެ ކުރިންވެސް ތަފާތު އެކި ގިނަ މެސެޖުތައް ޢާންމުންނަށް ފޯރުކޮށްދީފައިވާ އިރު، މަރިޔަނބުގެ ތެޅުން ނޫނީ މިހާ ގިނަ މިހުން ޝެއަރ ކުރި ވީޑިއޯ އެއް ނެތްކަން ފާހަގަ ކުރެވެއެވެ.

https://twitter.com/HPA_MV/status/1316756114965327872

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް