އިންޑިގޯ އެއަރލައިން އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
އެ އެއަރލައިނުން މުމްބާއީ އާއި ރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި އާދީއްތަ ދުވަހު އެވެ.
15 ނޮވެމްބަރ 2018 ގައި އިންޑިގޯއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް އެންމެ ފުރަތަމަ ފެށިފަހުން ކޮންމެ ހަފްތާއަކު އިންޑިއާގެ މުމްބާއީ، ކޮޗިން އަދި ބެންގަލޫރުއާއި ރާއްޖެއާއި ދެމެދު ފަސް ފްލައިޓް އައީ އޮޕަރޭޓްކުރަމުންނެވެ.
އެހެންނަމަވެސް ދަތުރުތައް ހުއްޓާލީ ކޯވިޑާ ގުޅިގެން އިންޑިއާގެ އަދި ރާއްޖޭގެ ވެސް ބޯޑަރު ބަންދުކުރުމުން ނެވެ.
އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އެއް ބަޖެޓް އެއަރލައިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް