ގާފަރު  ގެއަކުން ވަގަށްނެގި ފައިސާތަކެއް ހޯދައި، މީހަކު ހައްޔަރުކޮށްފި

ކ. ގާފަރު ގެއަކުން ވަގަށް ނަގާފައިވާ 12،900 ރުފިޔާއަށް ވުރެ ގިނަ ފައިސާތައް ހޯދައި  ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި މިމައްސަލައާ ގުޅީގެން ހައްޔަރުކޮށްފައިވަނީ 24 ...

16 Oct 2020 | 13:31

ކ. ގާފަރު ގެއަކުން ވަގަށް ނަގާފައިވާ 12،900 ރުފިޔާއަށް ވުރެ ގިނަ ފައިސާތައް ހޯދައި  ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މިމައްސަލައާ ގުޅީގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ގާފަރު ގެއަކުން 12،995 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅީގެން ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިން ކަމަށާއި އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމުގައިވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް