މޯދީއާ ވައްތަރު މީހާ ގޮނޑިއަކަށް ކުރިމަތިލައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ވައްތަރުކަމުން މަޝްހޫރުވި އަބީނަންދަން ޕަތާކް އެ ގައުމުގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައިފިއެވެ. އޭނާ ކުރިމަތިލާފައިވަނީ ބިހާރު ސަރަހައްދުގެ މަޖިލީހުގެ ގ...

16 Oct 2020 | 13:08

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ވައްތަރުކަމުން މަޝްހޫރުވި އަބީނަންދަން ޕަތާކް އެ ގައުމުގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލައިފިއެވެ. އޭނާ ކުރިމަތިލާފައިވަނީ ބިހާރު ސަރަހައްދުގެ މަޖިލީހުގެ ގޮނޑިއަކަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އޭނާ ތަމްސީލުކުރާ ޕާޓީ، ވަންޗިތު ސަމާޖު ޕާޓީން މިހާރު ވަނީ އޭނާގެ ނަން ފޮނުވާފައެވެ. އަދި މޯދީއާއި ވައްތަރުވުމުން އޭނާއަށް ކާމިޔާބު ކުރެވޭނެ ކަމުގައި އެ ޕާޓީން ގަބޫލުކުރާކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އިންޑިއާގައި ވެރިކަމުގެ ނިޒާމު އޮންނަގޮތުން ކޮންމެ ސްޓޭޓެއްގައި މަޖިލީހުގެ ދެ ގެއެއް ހުރެއެވެ. އެއީ ސްޓޭޓް ލެޖިސްޓޭޓިވް ކައުންސިލް އަދި ސްޓޭޓް ޖެލިސްލޭޓިވް އެސެމްބްލީއެވެ. އެހެން ގޮތަކުން ބުނާނަމަ ގާނޫނު ހަދާ ތިރި ގެ އާއި މަތި ގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް