ހަނގުރާމައަށް ދިޔަ މީހާގެ ބަންދަށް ހަތް ދުވަސް

ހަނގުރާމައަށް ސީރިޔާއަށް ގޮސްފައި އައި ތަނުން ހައްޔަރު ކުރި ދިވެހި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ. ފުލުހުން ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތަކާއެކު ސީރިޔާގެ ދާހިލީ ހަނގުރާމައިގާ ބައިވެރިވުމަށ...

16 Oct 2020 | 12:58

ހަނގުރާމައަށް ސީރިޔާއަށް ގޮސްފައި އައި ތަނުން ހައްޔަރު ކުރި ދިވެހި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނެފައިވަނީ ޓެރަރިސްޓް ޖަމާއަތަކާއެކު ސީރިޔާގެ ދާހިލީ ހަނގުރާމައިގާ ބައިވެރިވުމަށް ސީރިޔާއަށް ދަތުރުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާ ހައްޔަރުކުރިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެއްސެއް ކަމަށާއި އެއީ ސީރިޔާގައި ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވެފައިވާ ފަރާތެއް ކަމުގައި ޝައްކު ކުރެވޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް