ޕީޕީއެމް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯޔަލްޓީ ކާޑު ތަޢާރަފް ކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯޔަލްޓީ ކާޑު ތަޢާރަފް ކޮށްފި އެވެ. މި ކާޑު ތަޢާރަފް ކޮށްފައިވަނީ ހ. ދިމްޔާތުގެ 7 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވ...

16 Oct 2020 | 12:51

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯޔަލްޓީ ކާޑު ތަޢާރަފް ކޮށްފި އެވެ.

މި ކާޑު ތަޢާރަފް ކޮށްފައިވަނީ ހ. ދިމްޔާތުގެ 7 ވަނަ ފަންގިފިލާގައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕީއެންސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އެވެ.

ޕީޕީއެމްގެ ލޯޔަލްޓީ ކާޑު ހަތަރު ކެޓަގަރީ އަކަށް ވިއްކަން ނިންމާފައިވާ އިރު، އެއީ ގޯލްޑް، ސިލްވަރ، މެޖެންޓާ އަދި ޕްލެޓިނަމް ކެޓަގަރީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިއަދު މިކާޑު އިފްތިތާހް ކުރީ މިއަދަކީ ވަަރަށް ޚާއްސަ ދުވަހަކަށް ވާތީ ކަމަށެވެ. އެގޮތުން މިއަދަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ޕީޕީއެމް ލިބިލެއްވިތާ ހަތަރު އަހަރު ފުރުނު ދުވަސް ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމުން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ވިދާޅުވެފައިވަނީ މި ކާޑުތައް ބައްލަވައިގަންނަ ހުރިހާ ފަރާތްތަކަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. އަދި ލޯޔަލްޓީ ކާޑެއް ވިއްކުމުގެ މަޤްސަދަކީ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް