ފުވައްމުލައްސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ފުވައްމުލައްސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައިވަނީ އެ ސިޓީގައި ހޯމް ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު، އިއ...

16 Oct 2020 | 12:23

ފުވައްމުލައްސިޓީގެ ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮޒިޓިވް ވެފައިވަނީ އެ ސިޓީގައި ހޯމް ކަރަންޓީން ކޮށްފައިވާ މީހުންގެ ތެރެއިން 14 ދުވަހުގެ މުއްދަތު ހަމަކުރުމަށްފަހު، އިއްޔެ ނެގި ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުވައްމުލައްސިޓީ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެ އެވެ.

"މިއާއެކު އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފަ. ޕޮޒިޓިވް ކޭސް ފެނުމުން، ޒަރޫރީ ބޭނުމެއްގައި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް ނުދިއުމާ ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން އަދި ގައިދުރުކަން ބެހެއްޓުމަކީ މުހިންމު ކަމެއް." އެ ހޮސްޕިޓަލުން ރައްޔިތުންނަށް އެންގި މެސެޖުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ހޯމް ކަރަންޓީނުގައި ތިބި މީހުންވެސް ކަރަންޓީނުގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

މީގެ ކުރިންވެސް ފުވައްމުލަކު ސިޓީން މީހަކު ކޮވިޑަށް ޕޮޮޒިޓިވްވެފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ސިޓީން ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި 36 އަހަރުގެ އަންހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް