މޫސުމާ ބެހޭ ގައުމީ އިދާރާ އިން، މުޅި ރާއްޖެއަށް މިރޭ 9 ޖެހުމާ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.
އެ އިދާރާއިން ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ މިއަދު މެންދުރު 3:00 އިން މިރޭ 9:00 އާ ދެމެދުގެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި، 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ރާއްޖެތެރޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސް ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް