އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ، އަންނަ ނޮވެމްބަރ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
އިންޑިއާގެ ނޫސްތަކުގައި މިގޮތަށް ޚަބަރު ފަތުރާފައިވީ ނަމަވެސް މި ދަތުރާ ބެހޭ މައުލޫމާތެއް ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރަށް 3 އަހަރު ފުރޭ މުނާސަބާ އެވެ.
މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، ގައުމުން ބޭރަށް ޝްރިންގްލާ ކުރައްވާ 3 ވަނަ ދަތުރެވެ. މީގެ ކުރިން އޭނާ ވަނީ ބަންގްލަދޭޝްއާއި މިޔަންމާއަށް ވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް