ކަނޑުމަތީގައި ފިޓް ޖެހުނު މީހަކު އައިޖީއެމްއެޗަށް

ކަނޑުމަތީގައި ފިޓް ޖެހުނު މީހަކު، ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާބޮތުގައި ކ. ފިހާޅޮހި އައިލެންޑް ރިސޯޓް ...

16 Oct 2020 | 06:45

ކަނޑުމަތީގައި ފިޓް ޖެހުނު މީހަކު، ކޯސްޓްގާޑުގެ އެހީތެރިކަމާއެކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވާބޮތުގައި ކ. ފިހާޅޮހި އައިލެންޑް ރިސޯޓް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި ހުރި 36 އަހަރުގެ ފިރިހެނަކަށް ކުއްލި ސިއްހީ މައްސަލައެއް ދިމާވެގެން އެމީހާ އަވަސް ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ.

އިތުރަށް ބުނެފައިވާގޮތުގައި އެމީހާ މާލެ ގެނައީ ފިޓް ޖެހިގެންނެވެ. މިކަމުގެ ރިޕޯޓް ލިބި، މި މީހާ މާލެ ގެނެވިފައިވަނީ މިއަދު ހެނދުނު 10:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިކަމުގައި އައިޖީއެމް ހޮސްޕިޓަލުގެ ބަހެއް އަދި ލިބިފައިނުވާތީ އެމީހާގެ ހާލު މިހާރު ކިހިނެއްކަން އެނގިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް