ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި

މިހާރު ކުރަމުންމިދާ ވިއްސާރައިގާ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނު 11:00 އާއި މެންދުރުފަހު 0...

16 Oct 2020 | 06:21

މިހާރު ކުރަމުންމިދާ ވިއްސާރައިގާ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފައިވަނީ މިއަދު ހެނދުނު 11:00 އާއި މެންދުރުފަހު 03:00 އާއި ދެމެދުގެ ވަގުތުތަކުގައި ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސް ކަމަށެވެ.

އެގޮތުން އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުން، އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި އާއްމު ވައިޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް