ކަނޑުމަތިން އިންޖީނު ހުއްޓި ދިޔަވަމުންދިޔަ ބޯޓަކަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އަށް މީހުންނާއެކު މ. ކޮޅުފުށިން ތ. ވިލުފުއްޓަށް ދަތުރުކުރަމުންދިޔަ "އިސްގުބާރު" ބޯޓުގެ އިންޖީނު ހުއްޓި ދިޔަވާ ކަމުގެ ރިޕޯޓް ލިބިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ގެ އެހީތެރިކަމާއެކު އެ ބޯޓު މ. ކޮޅުފުއްޓަށް ވައްދާފައިވާކަމަށެވެ.
ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ ހެނދުނު 07:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް