“ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020” ފަށައިފި

ލ. ގަމު ތުނޑީ ޒުވާނުންގެ ޓީމަކުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020” ރޭ ފަށައިފިއެވެ. ކުލަގަދަ ރަސްމިޔާތަކާއި އެކު “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެ...

16 Oct 2020 | 02:52

ލ. ގަމު ތުނޑީ ޒުވާނުންގެ ޓީމަކުން އިސްނަގައިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020” ރޭ ފަށައިފިއެވެ.

ކުލަގަދަ ރަސްމިޔާތަކާއި އެކު “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020” ރޭ ފެށިގެން ދިޔައިރު، މި މުބާރާތަކީ ދެ ގުރޫޕަކަށް ބަހާލައިގެން ޖުމްލަ 10 ޓީމު ބައިވެރިވެގެން ކުރިޔައްދާ މުބާރާތެކެވެ.

ރޭ ތުނޑީ މެޓް ފުޓްސަލް ދަނޑުގައި ފެށި “ރޫޓް 66 ތުނޑީ ފުޓްސަލް ޗެލެންޖް 2020” މުބާރާތް ހުޅުވިގެން ދިޔައީ ޑީޑީއެފް ދި ޖެނެރޭޝަނަސް އަދި ގޯޅި އެސްސީ ބައްދަލުކުރި މެޗުންނެވެ. މި ދެޓީމު ބައްދަލުކުރި މެޗުން 3-6 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފައިވަނީ ޑީޑީއެފް ދި ޖެނެރޭޝަންސް އެވެ. އަދި މި މެޗްގެ ޕްލޭޔަރ އޮފް ދަ މެޗަކަށް ހޮވިފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ލަނޑުތަކެއް ޖަހައިދިން ޑީޑީއެފް ދި ޖެނެރޭޝަންސްގެ ޖާޒީ ނަމްބަރ 10 އަޙުމަދު އަޝްރަފް(ސޮބީ) އެވެ.

މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޑީކޭއެންޒެޑް އާއި ރޯޔަލް އެފްސީއެވެ. މި މެޗު 5-6 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޑީކޭއެންޒެޑް އެވެ. މި މެޗުގެ ޕްލޭޔަރ އޮފްދި މެޗުގެ މަގާމަށް ހޮވިފައިވަނީ ޑީކޭއެންޒެޑުގެ ޖާޒީނަމްބަރ 15 އާދަމް ވަހީދު( އައްސޭ) އެވެ.

މިރޭވެސް މި މުބާރާތުގެ 3 މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ކަންމަތީ ސްޕޯޓްސް ކުލަބާއި ގޯޅި ޖޫނިއަރ ބައްދަލުކުރާއިރު، 21:30 ގައި ކުޅޭ ދެވަނަ މެޗުގައި ޔުނައިޓެޑު ކިލާ އަދި ޑީޑީއެފް ދި ޖެނެރޭޝަންސްއެވެ. އަދި މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ޑީކޭއެންޒެޑް އާއި ސުޕަސްޓާސް އެވެ. މި މެޗު ފަށާނީ މިރޭ 22:30 ގައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް