އާސެނަލަށް ކުޅެމުން އައި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް އެސްޓަން ވިލާއަށް ބަދަލުވެއްޖެއެވެ.
މާޓިނޭޒް އެސްޓަން ވިލާއާ ގުޅުނީ 20 މިލިޔަން ޕައުންޑަށް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
2012 ވަނަ އަހަރު އާސެނަލް އާއި ގުޅުނު މާޓީނޭޒް ފަހަކަށް އައިސް އާސެނަލްގައި ރަނގަޅު ކުޅުމެއް ދައްކާމުން އައި އިރު އޭނާ ވަނީ އާސެނަލުން މިދިޔަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕާއި މި ސީޒަނުގެ ކޮމިނިޓީ ޝީލްޑް ކާމިޔާބުކުރިއިރު، އާސެނަލްގެ ގޯލު ބަލަހައްޓާފައެވެ.
އުމުރުން 28 އަހަރުގެ މާޓިނޭޒް އެސްޓަން ވިލާ އާއި ފުޅުނު އިރު، އެސްޓަން ވިލާއިން މި ސީޒަނުގެ ޕްރިމިއާ ލީގުގައި އަދި މެޗެއް ކުޅެފައެއް ނުވެއެވެ. އެޓީމުން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ.
މާޓިނޭޒް ވަނީ 2012 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ލޯނު އުސޫލުން އެކި ކުލަބުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ގެޓާފޭ އާއި ރީޑިންގް ހިމެނެއެވެ. އަދި ވެސް މީގެ އިތުރުން ލޯނު އުސޫލުން އިތުރު ހަތަރު ކުލަބަކަށް މާޓިނޭޒް ކުޅެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް