ޝަކުވާތަކާއި ގުޅިގެން ޕްރިންސިޕަލުންގެ އުސޫލު މުރާޖައާ ކުރަނީ

"ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާ ކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލް" އަށް ބަދަލު ގެންނަން ނިންމައިފި އެވެ. އެ މިނިސްޓްރީން އެކުލަވާލި މި އުސޫލުގައި ބުނެފައިވާ ގޮތުގައި އެއް ސްކޫލެއްގައި...

16 Sep 2020 | 17:46

"ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާ ކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލް" އަށް ބަދަލު ގެންނަން ނިންމައިފި އެވެ.

އެ މިނިސްޓްރީން އެކުލަވާލި މި އުސޫލުގައި ބުނެފައިވާ ގޮތުގައި އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް މަސައްކަތް ކުރެވޭނީ ގިނަވެގެން އަށް އަހަރެވެ. އަދި ކޮންމެ ހަތަރު އަހަރަކުން ބޭނުން ނަމަ ސްކޫލް ބަދަލު ކުރުމުގެ ފުރުސަތު ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

މި އުސޫލާއި ގުޅިގެން ޕްރިންސިޕަލުންގެ ހިތްހަމަނުޖެހުމާއި ކަންބޮޑުންތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޕްރިންސިޕަލުންނަށް ސިޓީއެއް ފޮނުވާފައި އެވެ. އެ ސިޓިގައި ބުނެފައިވަނީ މި އުސޫލާއި ގުޅިގެން ޕްރިންސިޕަލުން އެކި ފަހަރު ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންވެ މިނިސްޓްރީން ނިންމާފައިވަނީ ޕްރިންސިޕަލުންނާއި ގުޅޭ އުސޫލު މުރާޖައާކޮށް އުސޫލާއި ގުޅިގެން ހަދާ ގަވައިދު ހެދުމުގެ މަސައްކަތް ޕްރިންސިޕަލުންގެ ބައިވެރިވުމާއި އެކު ކުރިޔަށް ގެންދާށެވެ. އަދި ސިވިލް ސާވިސް ކޮމިޝަނާއި މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުސޫލާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށްދާނީ އުސޫލުގައި ވާގޮތަށް ގަވައިދު އާންމު ކުރުމަށް ފަހު އެއާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް