ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމެއް ފަށައިފި

ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ފެށި ޕްރޮގްރާމެކެވެ. މިރޭ ފެށި މި ޕްރޮގްރާމް 1 ހަފުތާ...

16 Sep 2020 | 16:31

ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން ފެށި ޕްރޮގްރާމެކެވެ.

މިރޭ ފެށި މި ޕްރޮގްރާމް 1 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާނެއެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މީޑިއާ ކައުންސިލުގެ މެމްބަރު ޝިފްޒާ މުސްތަފާ ވިދާޅުވީ މިފަދަ ޕްރޮގްރާމަކަށް ބޭނުންވެފައިވާ މިންވަރު ހާމަވެއްޖެ ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމު ކުރިއަށް ގެންދަނީ 2 ބުރަކަށް ބަހާލައިގެން ކަމަށްވެސް ޝިފްޒާ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ޚަބަރަކީ ކޮބައިކަމާއި ޚަބަރު ލިޔާނެ ގޮތާއި ސުރުޚީ ޖެހުމުގައި ސަމާލުވާންވީ ކަންކަން ކިޔަވައިދޭނެއެވެ. އަދި މީޑިއާ އިން ސަމާލުވާންޖެހޭ ސުލޫކީ މިންގަނޑާއި މީޑިއާ އާ ގުޅުންހުރި ޤާނޫނާއި ޤަވާޢިދުތައްވެސް ކިޔަވައިދޭނެއެވެ.

މީގެ އިތުރުން ދީނީ ގޮތުން ވިސްނަންޖެހޭ ކަންކަމާއި ކުޑަކުދިންނާ ގުޅުންހުރި ޚަބަރުތައް ލިޔާ އިރު ސަމާލުވާންވީ ކަންކަމާއި ވިޔަފާރި ޚަބަރާއި މާކެޓިންގ ގައި ވިސްނަންވީ ކަންކަންވެސް ކިޔަވައިދިނުމަށް ވަނީ ނިންމާފައެވެ.

މީޑިއާ ކައުންސިލުން ބުނީ ނޫސްތަކުގައި ޢާންމުކޮށް ލިޔާ ކުށްތަކާއި އޭގެ އިސްލާހާއި ނޫސްވެރިކަމުގެ ތަޖުރިބާ އާއި ހުރި ގޮންޖެހުންތައްވެސް ކިޔަވައިދޭނެ ކަމަށެވެ.

އިންސާނީ ޙައްޤުތަކާ ގުޅުންހުރި ޚަބަރުތައް ކަވަރު ކުރާ އިރު، ވިސްނަންވާ ކަންކަންވެސް މި ޕްރޮގްރާމުގައި ކިޔަވައިދޭނެ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް