މިޔަންމާގެ ބޯރޑަރާއި އިންވެގެން އޮންނަ ޗައިނާގެ ސިޓީއަކުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އެ ސިޓީ ލޮކްޑައުންކޮށްފިއެވެ.
ޔުނާން ޕްރޮވިންސްގެ ރޫލާއި ސިޓީން ފެނިފައިވާ ކޭސްތަކަކީ މިޔަންމާ އިން އެ ސިޓީއަށް އެތެރެވި މީހުންތަކެއް ކަމަށާއި އެ ސިޓީއަށް އެތެރެވި މީހުންގެ ތެރެއިން 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވެއެވެ.
ވައިރަސް އަށް ޕޮޒިޓިވްވި އެކަކީ 32 އަހަރުގެ އަންހެނެއް ކަމަށާއި މީނާގެ ފުށުން އަލާމާތްތައް ނުފެންނަ ކަމަށް ގްލޯބަލް ޓައިމްސް އިން ބުނެއެވެ. ދެން ވައިރަސް އަށް ޕޮޒިޓިވްވީ 16 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވެސް ބުންޏެެވ.
އެ ސިޓީގެ އޮފިޝަލުން ނެރެފައިވާ ބަޔާނެއްގައި އެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ގޭގައި ތިބުމަށް އަންގާފައިވާ އިރު، އެ ސިޓީން ބޭރު ނުވުމަށާއި ސިޓީއަށް އެއްވެސް މީހަކު އެތެރެވުމަކީ މަނާކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
ދެލައްކަ ދިހަހާސް މީހުން ދިރިއުޅޭ ރޫލާއި ލޮކްޑައުންކޮށްފަ މިވަނީ އެންމެން ވައިރަސް އަށް ޓެސްޓް ކުރެވެންދެން ކަމަށްވެސް އެ ގައުމުން ބުނެއެެވެ. އަދި މި މުއްދަތުގައި ސުޕަރމާކެޓް ތަކާއި ބޭސްފިހާރަތަކާއި ކާބޯތަކެތި ވިއްކާ މާރުކޭޓްތައް ނޫން ހުރިހާ ތަނެއް ބަންދުވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް