މިއަހަރުގެ އޯޒޯން ދުވަހާ ގުޅިގެން މިނިސްޓްރީން ޚާއްސަ ހަރަކާތްތަކެއް ހިންގަނީ

މި އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ދުނިޔެ...

16 Sep 2020 | 10:45

މި އަހަރުގެ އޯޒޯން ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މި ހަރަކާތްތައް ކުރިއަށް ގެންދާނީ އޮންލައިން ޕްލެޓްޕޯމްތަކުގައި ކަމަށެވެ.

އެގޮތުން ސެޕްޓެމްބަރ 13-17 އަށް، ކޮންމެ ދުވަހަކު މިނިސްޓްރީގެ ސޯޝަލް މީޑިއާގައި އޯޒޯން ދުވަހުގެ އެކި ދާއިރާތަކަށް އަލިއަޅުވާލާ، މަޢުލޫމާތު ހިއްސާކުރުމުގެ ގޮތުން ޕޯސްޓްތައް އަޕްލޯޑްކުރަމުން މިހާރުވެސްދާ ކަމަށް ބުންޏެވެ.

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތަކަކީ ކޮބައިކަމާއި، ރާއްޖޭގެ ފިނި ކުރާ ނިޒާމުތަކުގައި ބޭނުންކުރަނީ ކޮންކަހަލަ މާއްދާތައްކަމާއި، މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއިން އޯޒޯންފަށަލައަށް ގެއްލުންދޭ މިންވަރާއި، ބޭނުންކުރާ ގޭސްތައް ހިމެނޭ މަޢުލޫމާތު މިހާރުވެސް ހިއްސާކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހަމައެހެންމެ ކިގާލީ އެމެންޑްމަންޓްއަކީ ކޮބާކަމާއި މި އެމެންޑްމަންޓްގެ މައުލޫމާތުވެސް މި ހަފްތާތެރޭގައި ޕޯސްޓްތަކުގެ ޒަރިއްޔާއިން ހިއްސާ ކުރެވިގެންދާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން، މިނިސްޓްރީގެ އިންސްޓަގްރާމް ޕޭޖްގައި އާންމުންނަށް ޚާއްސަކޮށްގެން ތަފާތު އެކި ޕޯލް (ނުވަތަ ސުވާލުތައް) ކުރިއަށް ގެންދިއުމަށް ވަނީ މި ހަފްތާގައި ރާވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް