އައްޑޫ ސިޓީގެ ތިން އަވަށެއްގެ ނަރުދަމާ ނިޒާމު މިއަހަރުގެ ނިޔަލަށް ނިންމަނީ

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މަރަދޫފޭދޫ ...

16 Sep 2020 | 09:07

އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މަރަދޫފޭދޫ އާއި މަރަދޫގެ ނަރުދާއެޅުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިޔަށް ދަނީ ފޭދޫގެ ސީއައުޓްފޯލް ރެކްޓިފިކޭޝަންގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީން ބުނީ މަރަދޫފޭދު އާއި މަރަދޫގައި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމައި ފެނަކައާ ހަވާލު ކުރުމުގެ ކުރިން، އެ އަވަށުގެ ޕަމްޕިން ސްޓޭޝަނާއި ޕެނަލް ބޯޑުތައް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަނާއި މަޝްރޫއުގެ ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ފެނަކައިގެ މުވައްޒަފުންނަށް ނިޒާމު ބޭނުން ކުރާނެ ގޮތުގެ ތަމްރީން ދީފައިވެ އެވެ.

މިހާތަނަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި 10،289 މީޓަރުގެ ހޮޅި ވަޅުލާފައިވެ އެވެ. އަދި މަރަދޫގެ ޓްރާންސްފާ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ގާއިމުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއު އެމްޓީސީސީއާއި އެންވަޔަރަމަންޓު މިނިސްޓްރީން ހަވާލު ކުރީ 124 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް