މަނަދޫއިން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ވުމުން ރަށް މޮނިޓަރިންއިން ނަގައިފި

ނ. މަނަދޫއިން ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި މީހުންނާއި ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވުމުން އެ ރަށަށް މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ. މަނަދޫ މޮނިޓަރިންގެ ހާލަތަށް...

16 Sep 2020 | 08:41

ނ. މަނަދޫއިން ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި މީހުންނާއި ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވުމުން އެ ރަށަށް މޮނިޓަރިންގެ ހާލަތުން ނަގައިފި އެވެ.

މަނަދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށުގައި ހޯމް ކަރަންޓިންގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމުންނެވެ. އެމީހާ ޕޮސިޓިވްކަން އެނގިގެން އެކަން އަންގަން އަތޮޅު ހޮސްޕިޓަލުން އެންގި އިރު އުޅެނީ ކަރަންޓިންގައި ހުރި ގެއިން ނުކުމެގެން ކަމަށްވެ އެވެ.

މި މައްސަލައިގަ އެމީހާ އާއި ޑައިރެކްޓު ކޮންޓެކްޓުވި އެންމެން ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ. އަދި އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ބަލަން ރަށު ތެރެއިން ރެންޑަމް ސާމްޕަލްތަކެއްވެސް ނަގާފައިވެ އެވެ.

މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުން ބުނީ ޑައިރެކްޓު ކޮންޓެކްޓުންގެ ގޮތުގައި25 މީހަކު އަދި ރެންޑަމްކޮށް 37 މީހަކު ޓެސްޓުކުރި ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ 21 ރަށެއްގައި މިވަގުތު ކޮވިޑްގެ ބަލި ޖެހިފައި ތިބި 72 މީހުން އެބަތިއްބެވެ. އޭގެތެރެއިން އެއް ރަށަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ގދ. ހޯނޑެއްދޫ އިންނެވެ. އެ ރަށުން 38 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް