އިންޑިއާގައި 24 ގަޑިއިރު ތެރޭޭގައި 90،000 މީހުން ކޯވިޑަށް ޕޮސިޓިވްވެއްޖެ

އަވައްޓެރި އިންޑިއާގައި ވޭތުވެ ދިޔަ 24 ގަޑިއިރު އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އިންޑިއާގެ ހެލްތް މިނސިްޓްރީ އާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނ އިއްޔެ އެކަ...

16 Sep 2020 | 04:38

އަވައްޓެރި އިންޑިއާގައި ވޭތުވެ ދިޔަ 24 ގަޑިއިރު އަނެއްކާވެސް ރެކޯޑު އަދަދަކަށް މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އިންޑިއާގެ ހެލްތް މިނސިްޓްރީ އާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނ އިއްޔެ އެކަނި އެގައުމުން 90،000 އަށްވުރެ ގިނަ މީހުންނަށް އަލަށް ކޯވިޑް ޖެހިފައިވެ އެވެ. މިއާއި އެކު އިންޑިއާއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 5,020,359 އަށް އަރާފައި އެވެ.

އިންޑިއާއިން ކޯވިޑް-19 ފެނުނީންސުރެ އެންމެ ހަލުވިކަމާއި ބަލި ފެތުރެމުން އައީ މުމްބާއީގައި އެވެ. އެކަމަކު މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވަނީ މުމްބާއީގައި އެއް ދުވަހާއި ޕޮސިޓިވްވާ މީހުންގެ އަދަދު ދަށަށް ދާން ފަށާފައި އެވެ.

ޕޮސިޓިވްވާ މީހުންގެ އަދަދު ދަށްވާން ފެށުމުން އެ ސިޓީ އާއި މަހާރާޝްޓްރާ ސްޓޭޓްގައި ލޮކްޑައުންއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ކޮންމެސް ވަރަކަށް ލުއިދޭން ވަނީ ފަށާފައި އެވެ.

މިހާރު އެންމެ ގިނަ މީހުން ޕޮސިޓީވްވެ ހަލުވިކަމާއި އެކު ބަލި ފެތުރެމުންދަނީ ބެންގަލޫރު ގައި އެވެ. މީގެ އިތުރުން ދެން އެންމެ ހަލުވިކަމާއި އެކު ބަލި ފެތުރެމުންދަނީ ޗެންނާއީގައި އެވެ. ބެންގަލޫރުގައި ދުވާލަކު 35،000 މީހުން ކޯވިޑަށް ޕޮސިޓިވްވެ އެވެ.

މިހާތަނަށް އިންޑިއާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 3,942,360 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި އިންޑިއާއިން ވަނީ 82 ހާހަށްވުރެ ގިނަ މީހުން މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް