8 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ރަށެއްގެ ނެރުމައްޗަށް އަރައިފި

8 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ރަށެއްގެ ފަރުމައްޗަށް އަރައިފިއެވެ. އެމްއެންޑީއެފް އިން ބުނީ މިއީ ހދ. މަކުނުދޫ އިން ފުރައިގެން އެ އަތޮޅު ވައިކަރަދޫއަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ. އަދި ދޯނި އަރާފ...

16 Sep 2020 | 03:57

8 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ރަށެއްގެ ފަރުމައްޗަށް އަރައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ ހދ. މަކުނުދޫ އިން ފުރައިގެން އެ އަތޮޅު ވައިކަރަދޫއަށް ދަތުރުކުރި ދޯންޏެއް ކަމަށެވެ. އަދި ދޯނި އަރާފައިވަނީ މަކުނުދޫ ނެރު މައްޗަށް ކަމަށެވެ.

"ނަމޫނާ" ނަކަމަށް ކިޔާ މި ދޯންޏަކީ85 ފޫޓުގެ ދޯންޏެއް ކަމަށާއި މިއީ ސަޕްލައި ހިފައިގެން ދަތުރު ކުރި ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެ ދޯނި ނެރުމައްޗަށް އެރިކަމުގެ މަޢުލޫމާތު ލިބުނީ ރޭ ދަންވަރު02:08 ހާއިރު ކަމަށާއި އެމްއެންޑީއެފް ގެ ނޮދަން އޭރިއާ ކޯސްޓްގާރޑް ސްކޮޑްރަންއިން އެކަމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މި ދޯނި ނެރުމައްޗަށް އަރާފައިވަނީ އެދޯނީގައި ހުރި ހިލައާއި ސިމެންތި އަދި ދަގަނޑު ގެ ބައެއް ތަކެތި މަކުނުދޫއަށް ބޭލުމަށް ފަހު، ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް