ދަންނާށެވެ. އެންމެ ހެޔޮކަން ބޮޑު އެންމެ މާތް ނަމާދަކީ ފަތިސް ނަމާދެވެ. އެހެން ކަމުން އަހަރެމެން މުސްލިމުންނަށް އޮތީ ފަތިސް ނަމާދުން ދުވަސް ފެށުމެވެ. ފަތިސް ނަމާދަށް ނުހޭލެވިއްޖެނަމަ ނަމާދު ދޫކޮށްލަންވީ އެއް ނޫނެވެ. ހޭލެވުމާއިއެކު ވީއެންމެ އަވަހަކަށް ފަތިސް ނަމާދުކުރަންވީއެވެ. ވީއެންމެ އަވަހަކީ ކުރަން ހުރި ހުރިހާ ކަމެއް ކުރުމަށްފަހު ނަމާދުކުރުމެއް ނޫނެވެ. ހޭލެވުމުން ކުރާ ފުރަތަމަ ކަމެއްގެ ގޮތުގައި ނަމާދުކުރުމެވެ.
ޙަޤީޤީ ހިތްހަމަ ޖެހުމަކީ ފަތިސް ނަމާދުގެ ބަރަކާތުން ލިބޭ ހިތުގެ ހިތްހަމަ ޖެހުމެވެ. ހިތުގެ ތަނަވަސްކަމެވެ. ނެތުމުގެ ތެރެއިން އަހަރެމެން އުފައްދަވާ އަހަރެމެންނަށް ހުރިހާ ނިޢުމަތްތަކެއް މިންވަރު ކުރެއްވި އިލާހުއަށް ބޮޑަށް ކުއްތަން ވުމެވެ. އެއަށްވުރެ ބޮޑު ހެޔޮކަމެއް ހިތްހަމަ ޖެހުމެއް ނޯންނާނެއެވެ.
މިދުނިޔޭގެ މުދާވެރިކަމާއި ޖާހާއި ޢިއްޒަތު ހޯދަން އެދޭނަމަ ކޮންމެ ދުވަހެއްވެސް ފަތިސް ނަމާދުގެ ބަރަކާތުން ފެށުން އިޚްތިޔާރު ކުރަން ޖެހެއެވެ. ކިތަންމެ ގަދަ އަޅާ މަސައްކަތް ކުރި ނަމަވެސް އެކަން ޙާޞިލް ވާނީ ﷲ ތަޢާލާ އަށް ފުރިހަމަ ގޮތުގައި ކިޔަމަންވެސް ބޯލަނބާ އަޅަކަށެވެ. ވީއިރު އެއިލާހުގެ އަމުރުފުޅުތަކަށް ބޯނުލަނބާ ، މަސައްކަތް ކުރާ މީހުން ފަތިސް ނަމާދުން ދުވަސްފަށަން އާދަކުރަން ޖެހެއެވެ.
ވިސްނަވާލައްވާށެވެ! އަހަރެމެން ހޭބޯ ނާރާ މި މަސައްކަތް ކުރަނީ ދުނިޔޭގެ އަރާމާއި ލައްޒަތުތަށް ލިބި ގަންނާށެވެ. ނަމަވެސް ކޮންމެ ދުވަހެއް ފަށާއިރު ﷲ ތިބާއަށް ދެއްވާ ހެޔޮކަން ނިކަން ދެކިބަލާށެވެ. ފިކުރު ކޮށްލައްވާށެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑު ދެރަކުޢަތެއް ދުވަސް ފަށާއިރު ވާކަން ހަނދުމަ ކުރާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ." رواه مسلم
ވީއިރު ﷲ ތަޢާލާ ދެއްވާފައިވާ މިދީލަތިކަމަށް ފުރަގަސް ދީފައި ނުވަތަ މި ހެޔޮކަމަށް ފުރަގަސްދީފައި ދެން ހޯދާ ދުނިޔޭގެ އުފާވެރިކަމުގެ ހިތްހަމަ ޖެހުމަކީ ކޮބައި ހެއްޔެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ބޮޑު ހެޔޮކަން ދޫކޮށްލާފައި ދުނިޔޭގެ ވަގުތީ އުފަލެއްދޭ ކުޑަ މިންވަރެއް ހޯދަން އުޅުމުގެ މާނައެއް ނެތެވެ.
މިފަދަ ބޮޑު ހެޔޮކަމަކީ ސުންނަތް ދެރަކުޢަތުން ލިބޭ ކަމަކަށް ވީހިނދު ފަރުޟު ނަމާދުތަކުން ލިބޭނެ ހެޔޮ ދަރުމައާއި މެދު ވިސްނަވާލައްވާށެވެ. ﷲ ތަޢާލާ ހަނދުމަކުރުން މަތީ ދުވަސް ހޭދަ ކުރެވޭނެ އިންތިޒާމް އިސްލާމް ދީނުގައި މިވަނީ ކަނޑައަޅުއްވާފައެވެ. ފަރުޟު ނަމާދުތައް ކުރުން މަތީ ދެމިތިބެއްޖެނަމަ އަހަރެމެންގެ ޢަމަލުތައް އިޞްލާޙް ވެ ކުރާ މަސައްކަތާއި ހޯދާ މުދަލުގައި ބަރަކާތް ލައްވާނެއެވެ.
ވީމާ އަހަރެމެން މަސައްކަތް ކުރަންވީ އެއިލާހުގެ ލޯބިވެ ވޮޑިގެންވާ ގޮތުގެ މަތިން ހެޔޮ ޢަމަލްތައް ކޮށްގެން ދުނިޔޭގައި ވުމަށެވެ. އެއިލާހުގެ ދީލަތިވަންތަ ކަމުން ފުއްސެވުން ހޯދާ ހެޔޮކަންތަކުގެ ތަރާދު ބަރުކުރާ ބަޔަކަށް އަހަރެމެން ވުމަށެވެ. ދުނިޔޭގެ އުފާވެރިކަން ހޯދަން މަސައްކަތްކުރާއިރު ﷲގެ އެންގެވުންތަކަށް ބޯލެނބުމާއެކު އެކަންކަން ކުރުމެވެ. ދުނިޔެއާއި އާޚިރަތުގެ ހެޔޮކަން ލިބޭ ހުށީ އޭރުންނެވެ.
ނަޞޭހަތަކީ ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް އެންމެ ނަމާދެއްވެސް ނުކޮށް ދޫކޮށް ނުލުމެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިމެދުގައިކަން ނުއެނގޭ ހަމައެކަކުވެސް ނުހުންނާނެއެވެ! ނަމަވެސް އެކަން އެނގެނީ މިހާރު މަދު ބަޔަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް