ރާއްޖޭގެ ނޮވެމްބަރު 3ގެ ހާދިސާގެ މައްޗަށް އުފައްދާ ފިލްމުގެ ނަމަކީ "ޔޮއްދާ"

1988 ވަނަ އަހަރު ނޮވެމްބަރުގެ މަހުގެ ތިންވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިންޑިއާއިން ރާއްޖެއަށް އެހީވާން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް އުފައްދާ ފިލްމުގެ ނަމަކީ "ޔޮއްދާ" ...

16 Sep 2020 | 01:17

1988 ވަނަ އަހަރު ނޮވެމްބަރުގެ މަހުގެ ތިންވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިންޑިއާއިން ރާއްޖެއަށް އެހީވާން ހިންގި "އޮޕަރޭޝަން ކެކްޓަސް" އަށް ބިނާކޮށް އުފައްދާ ފިލްމުގެ ނަމަކީ "ޔޮއްދާ" ކަން ހާމަކޮށްފިއެވެ.

އެގޮތުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިފިލްމުގެ ލީޑު ރޯލު ކުޅެނީ ޝާހިދު ކަޕޫރެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ ޝަޝާންކް ކައިތަން އެވެ. ފިލްމު ޑައިރެކްޓް ކުރަނީ ކަރަން ޖޯހަރުގެ ދަރްމަ ޕްރޮޑަކްޝަނުންނެވެ.

ކުރިން ހާމަވެފައިވާ މައުލޫމާތަށް ބަލާއިރު މި ފިލްމު އުފައްދަން އުޅުނީ ނެޓްފްލިކްސްއިންނެވެ. ނަމަވެސް މިހާރު ބެލެވޭ ގޮތުގައި މި ފިލްމު އުފައްދަނީ ދަރްމަ ޕްރޮޑަކްޝަނާއި ގުޅިގެން ޝަޝާންތް ކައިތަން އެވެ.

މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެކަންވެސް މިހާތަނަށް ހާމަކޮށްފައިވެއެވެ.

ކުރީގެ ރައީސް، ރައީސް މައުމޫންގެ ވެރިކަން ވައްޓާލަން ދިން މި ހަމަލާގައި އިންޑިއާއިން އެހީވާން ހިންގި އޮޕަރޭޝަންގެ މައްޗަށް އުފައްދާ މި ފިލްމުގައި ޝާހިދު ކަޕޫރު ކުޅޭ ރޯލަކީ އޮޕަރޭޝަން ކެކްޓަސްގައި އިސްކޮށް ހުރި ކޮމާންޑަރެއް ކަމަށްވާ ބްރިގޭޑިއާ ފާރޫގް ބަލްސާރާގެ ރޯލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް