މާލޭގައި ހަރުކޮށްފައިވާ ފެން މީޓަރުތަކުގެ ތެރެއިން، ބާ މީޓަރުތައް އާ ކުރުމުގެ ޕްރޮގްރާމެއް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން މިއަދު ފެށި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހެވެ.
https://twitter.com/MWSC_Official/status/1294923396438843392
އެމްޑަބްލިއުއެސްސީން ބުނެފައިވާގޮތުގައި މި ޕްރޮގްރާމަކީ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގައި އަހަރު ދުވަހުގެ ތެރޭގައި 15،000 މީޓަރު އައު ކުރެވޭނެއެވެ.
https://twitter.com/MWSC_Official/status/1294923729361760258
މި ޕްރޮގްރާމަކީ އެމްޑަބްލިއުއެސްސީގެ ފެން މީޓަރު ތަކަކީ ވަކި މިންގަނޑުތަކަކަށް ފެތޭ މީޓަރުތަކެއްކަން ކަށަވަރު ކުރުމަށް ކުރިއަށްގެންދެވޭ ޕްރޮގްރާމެއް ކަމުގައި އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް