ޝިޕިންގް އަދި ފްރައިޓް ދާއިރާއާއި ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީގެ ނިންމުމަށް ރާޢީގެ ފާޑުކިއުން

16 އޮގަސްޓު 2020 ވަނަދުވަހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު އެނގުމާއި ގުޅިގެން މަކުނުދޫ ...

16 Aug 2020 | 18:19

16 އޮގަސްޓު 2020 ވަނަދުވަހުގެ ފަހުން އެ އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު އެނގުމާއި ގުޅިގެން މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ފާޑު ކިއުން އެ އޮތޯރިޓީއަށް އަމާޒުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި އިޢުލާނަކަށް ކަންބޮޑުވުން ފާޅުކުރަމުން ރާޢީ ކުރެއްވި ޓުއީޓޭއްގައި ވިދާޅުވީ ޞިޕިންގް އަދި ފްރައިޓް ދާއިރާ ރިފޯމް ކުރަން ޖެހޭ ކަމަށާއި, އެ ދާއިރާގެ މަސައްކަތް ކުރާ ފަރާތް ތަކުގެ ކަންބޮޑު ވުން ތަކަށް ބޭނުން ވަނީ ދާއިމީ ހައްލެއް ކަމަށެވެ.

ޝިޕިންގް ދާއިރާގައި މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައި ހުންނެވި މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ އިތުރަށް ވިދާޅުވެފައިވަނީ ވަކި ކޮންޕޯނަންޓެއް ނަގައިގެން ގެންނަ ބަދަލުން ލިބޭނެ ހައްލަށް ވުރެ ގެއްލުން ބޮޑު ކަމަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި އިޢުލާން ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 52-R/2010 (16 ޖުލައި 2020) ގައި ގެޒެޓް ކުރުމާއި ގުޅިގެން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތްދޭ ކުންފުނިތަކުން 16 އޮގަސްޓް 2020 ވަނަ ދުވަހުގެ ކުރިން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ދަންނަވާކަމުގައެވެ.

އަދި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެންކަމަށާއި ޝިޕިންގ އެޖެންސީގެ ޚިދުމަތް ކަގަމުގައި ބަލާނެކަންކަން މި ގަވާއިދުގެ 06 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

"އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ޚިދުމަތެއް ދިވެހިރާއްޖޭގައި ދޭންވާނީ ޝިޕިންގ އެޖެންސީއެއްގެ ގޮތުގައި މި އޮތޯރިޓީގައި ރަޖިސްޓަރީ ކުރުމަށްފަހުގައެވެ. އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގެ 9 ވަނަމާއްދާގެ ދަށުން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވަޑަރެއް ޑެލިވަރީ އޯޑަރ ދޫކުރުމަށް ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ސީދާގޮތުންނާއި ނުސީދާގޮތުންވިއަސް ކޮންސައިންގެ އަތުން ފުރައިޓުގެ އިތުރަށް ފީއެއްގެ ގޮތުގައި ނެގޭނީ ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން -/500 (ފަސްސަތޭކަ) ރުފިޔާއެވެ."

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ކުރި އިޢުލާން ގައި ބުނެފައިވެއެވެ.

https://twitter.com/Mraee12/status/1294986758501756928?s=20

އަދި މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު ޝިޕިންގ އެޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރ ރާއްޖެއަށް އިމްޕޯޓް ކުރާ މުދަލަށް ފުރައިޓާއި ޗާޓަރު ކުލި ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތައް އާއްމުކޮށް އަންގަންވާނެކަމަށާއި އެހެންކަމުން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ކަންކަން ޝިޕިން އެޖެންޓުންނާއި ފުރައިޓް ފޯވާޑިންގ އެޖެންސީތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީކަމުގައި އެއިޢުލާނުގައި އިތުރަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް