ޓުއަރިޒަމާއި ހެލްތުގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަނީ

ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަން ނިންމައިފި އެވެ. ކޯވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަ...

16 Aug 2020 | 17:45

ޓުއަރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓް މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަން ނިންމައިފި އެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅިގެން އޮޑިޓް އޮފީހުން ވަނީ ރިޕޯޓެއް އާންމުކުރުމާއި ގުޅިގެން މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓުއަރިޒަމް އާއި ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ކޮމްޕްލިއަންސް އޮޑިޓް ރިޕޯޓްގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަކުރެވޭތީ މާދަމާގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ދެ ރިޕޯޓް ދިރާސާ ކުރުން އޮންނާނެ ކަމަށެވެ.

އޭގައިވާ ގޮތުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދުބާއީ ކުންފުންޏަށް 30.9 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. އެއީ ޕްރޮޖެކްޓް އަގުގެ 90 ޕަސެންޓް އެވެ. އެކަމަކު އެ ފައިސާ ދައްކާފައި ވަނީ މާލިއްޔަތު ގަވާއިދާ އެއް ގޮތަކަށް ނޫން ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އެޑްވާންސް ޕޭމަންޓްގެ ގެރެންޓީއަށް އެދި ފިނޭންސް މިނިސްޓްރީގެ ހުއްދަ ވެސް ހޯދާފައެއް ނުވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ކިޔާ ކުންފުންޏަކަށް ހަވާލުކުރި މައްސަލަ ތަހުގީގުކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފަ އެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ދުބާއީގެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ވެސް ނޫނެވެ. އެ ކުންފުނިން މަކަރާއި ހިލާތް ހެދި ކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ. އެކަމަކު ހެލްތު މިނިސްޓްރީން ކުރިން ބުނަމުން އައީ އެއީ ޑަބްލިއުއެޗްއޯއިން ލަފާ ދިން ކުންފުންޏެއް ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކުރި ޚަރަދުތަކުގެ 99 ޕަސަންޓަކީ މިނިސްޓްރީގެ ޒިންމާއާ ނުގުޅޭ ޚަރަދުތަކެއް ކަމަށް، މީގެ ކުރިން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ވެސް އެ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ކަންކަމަށް ބޮޑެތި ހަރަދުތައް ކުރި ކަމާއި ޓޫރިޒަމް ޓްރަސްޓް ފަންޑްއިން ފަންޑް ހިންގާ ކޮމިޓީން ފާސް ކުރުމެއް ނެތި ބޮޑެތި ހޭދަތަކެއް ކުރި ކަމަށް ފާހަގަކޮށްފައިވެ އެވެ. ދެ އެއާޕޯޓެއްގެ އެސެސްޓްމަންޓެއް ހަދަން ކަމަށް ބުނެ ވެސް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް