ކޯވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ ރިޕޯޓު ސަރުކާރަށް ރަސްމީކޮށް ލިބުނީމަ، ރިޕޯޓްގައި ވާ ކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު އެއްވެސް ފަސްޖެހުމެއްނެތި ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައީސް އޮފީހުން މިހެން ބުނެފައިވާއިރު، އޮޑިޓް އޮފީހުން މިއަދު ނެރުނު އެ ރިޕޯޓްގައި ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެއެވެ. އެއް ކަމަކީ ޑުބާއީގެ އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިން އާ ހަވާލުކޮށްގެން ގެންނަން އުޅުނު 75 ވެންޓިލޭޓަރުގެ ކަންކަން ގެންގޮސްފައިވާ ގޮތުގެ ކަންބޮޑުވުންތަކެވެ.
އެގޮތުން އެ ކުންފުނި ރެކޮމެންޑު ކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް، އެ ޖަމިއްޔާގެ ލަފާގެ މަތިން ކަމަށް ހެލްތުން ކުރިން ބުނި ނަމަވެސް އެއީ ދޮގުކަން އެ އޮޑިޓް ރިޕޯޓުން ހާމަވެއެވެ.
މި ރިޕޯޓް އާންމުވުމާއެކު އާއްމު ރައްޔިތުން އަންނަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހެލްތު މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ގޮވަމުންނެވެ. އަދި ސަރުކާރުގެ "ކޮރަޕްޝަނަށް ޒީރޯ ޓޯލަރެންސް" ޕޮލިސީ ކޮބައިތޯވެސް ސުވާލު އުފައްދައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް