ކޯވިޑް-19 އަށް ރާއްޖެއިން މިއަދުވެސް 100 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް ޖުމްލަ 106 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
އޭގެ ތެރޭގައި 79 ދިވެއްސަކު ހިމެނެއެވެ. ދެންމެ އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. ބަންގްލަދޭޝްގެ 21 ރައްޔިތަކު ޕޮޒިޓިވް ވެފައިވެއެވެ. އިންޑިއާގެ ފަސް ރައްޔިތަކު އަދި ނޭޕާލުގެ ރައްޔިތަކު ޕޮޒިޓިވް ވެފައިވެއެވެ.
މިއަދު 106 މީހަކު ޕޮޒިޓިވް ވި އިރު އޭގެން ހަތް މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެއިން ބޭރުން، ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް