ވީއައިއޭގެ އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ އެވެ. އެހާދިސާގައި ފިހިގެން މަރުވެފައިވަނީ އެއާޕޯޓުގެ މުވައްޒަފެއް ކަމަށްވާ އުމުރުން 46 އަހަރުގެ އިސްމ...

16 Aug 2020 | 13:01

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެ އެވެ.

އެހާދިސާގައި ފިހިގެން މަރުވެފައިވަނީ އެއާޕޯޓުގެ މުވައްޒަފެއް ކަމަށްވާ އުމުރުން 46 އަހަރުގެ އިސްމާއިލް ރަޝީދެވެ. އޭނާ އެއާޕޯޓުގައި މަސައްކަތް ކުރާތާ 26 އަހަރު ވެއްޖެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

އެ ކުންފުނިން މިއަދު ވަނީ ރަޝީދު މަރުވިކަން ޔަގީންކޮށްދީ އެ ކުންފުނިން ހިތާމައިގަ ބައިވެރިވާކަން ހާމަކޮށްފައި އެވެ. އޭނާ މަރުވެފައިވަނީ އައިޖީއެމްއެޗު އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެއާޕޯޓުގައި އެ ދުވަހު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިރުއޮއްސި 6:15 ހާއިރު، ސީޕްލޭން އޮޕަރޭޓްކުރާ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތާނގީތައް ކައިރީގައެވެ.

މި ހާދިސާގައި އިސްމާއިލްގެ ހަށިގަނޑުގެ 83 ޕަސެންޓު ފިހުނު ކަމަށް ވެ އެވެ.

މިދިޔަ ހޯމަ ދުވަހު އިރުއޮއްސި 6:15 ހާއިރު އަލިފާން ރޯވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެއާޕޯޓުގެ ފަޔަ ޓީމުން އަލިފާން ނިއްވާލި ކަމަށް ވެސް އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް