މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި އެވެ.
މިޖަލްސާގައި މިކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެމްބަރުންގެ އިތުރުން ސަރުކާރުގެ ހިއްސާ ތަމްސީލު ކުރެއްވުމުގެ ގޮތުން ޕްރޮކްސީއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު ޙުސައިން ހަމީމް ބައިވެރިވެވަޑައިގަތެވެ.
ކޮވިޑާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިކަމާ އެކު ދައުލަތުގެ ހަރަދު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ކެބިނެޓްގެ ބައްދަލުވުމެއްގައި މީގެ ކުރިން ނިންމާފައި އޮތް އިރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ވަނީ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފަ އެވެ.
މިޖަލްސާގައި 2019 ވަނަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓް ހުށަހަޅާ ފާސްކުރުމުގެ އިތުރުން 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ ކުންފުނީގެ މާލީ ހިސާބުތައް ހުށަހަޅާވަނީ ފާސްކޮށްފަ އެވެ. އަދި ޙިއްޞާދާރުންނަށް ބަހާނެ ފައިދާއާ ގުޅޭ ގޮތުން ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ގޮތެއް ނިންމައި 2020 ވަނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން އައްޔަންކޮށްފައިވެއެވެ. މިގޮތުން 2020 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓަރަކަށް އައްޔަން ކޮށްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހެވެ.
ރާއްޖޭގެ ކުޅިވަރު ދާއިރާ ތަރައްޤީކޮށް، އެދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުން މަތިކޮށްފައިވާ ސްޕޯޓްސް ކޯޕަރޭޝަން ވުޖޫދަށް އައިސްފައި ވަނީ 2015 ވަނަ އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހު އެވެ.
އެއަށްފަހު ޙިއްޞާދާރުންގެ ފަރާތުން ޚިޔާލުފާޅުކުރެއްވުމަށް ފުރުޞަތު ދެއްވުމަށްފަހު ޖަލްސާ ވަނީ ނިންމަވާލެއްވި އެވެ.
މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ކުޅިވަރުގެ އޮނިގަނޑު ކުރިއެރުވުމާއި، ކޯޕަރޭޝަނަށް ނަގުލުކުރެވޭ މުދަލާއި އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުޅިވަރު ޗެނަލް ތަރައްގީކުރުމެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ނިކުންނަށް އެދޭ ޒުވާނުންނަށް އެކަން ފަހިކޮށްދީ ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރައި ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް