ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެން ޖާބިރު ސިޓީއެއް ފޮނުއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި ޑިއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިޓީއެއް ފޮނުވައިފި އެވެ. ޑިއާރުޕީން އާންމު ކުރި އެ ސިޓީގ...

16 Aug 2020 | 10:02

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި ޑިއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިޓީއެއް ފޮނުވައިފި އެވެ.

ޑިއާރުޕީން އާންމު ކުރި އެ ސިޓީގައި ޖާބިރު ވިދާޅުވެފައިވަނީ ރައީސް ސޯލިހު ރާއްޖޭގެ ވެރިކަމަށް ދިވެހިން ގެނައީ އުންމީދާިއ ބޮޑެތި ހުވަފެންތަކަކާއި އެކު ކަމަށެވެ. އަދި ޖާބިރު އަމިއްލަފުޅަށް ރައީސްގެ ފަހަތްޕުޅުން ނުކުމެ ވަޑައިގެން 23 މިލިއަން ޑޮލަރު ހަރަދު ކުރެއްވީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް ވިދާޅުވެފައިވެ އެވެ.

ޖާބިރު ވިދާޅުވީ ސަރުކާރުގެ ތެރެއިން ފެނިގެންދަނީ ރައްޔިތުންނަށް ވީ ވައުދުތަކާއި ހިލާފުވަމުންދާތަން ކަމަށެވެ. އަދި ކޯވިޑް-19 ގެ މި ހާލަތުގައި ރައްޔިތުންނާއި މެދު އަމަލު ކުރައްވަމުން ގެންދަވާއި ގޮތާއި މެދު ވިސްނަވާލެއްވުމަށް ޖާބިރު އެދިވަޑައިގެންފައިވެ އެވެ.

ޖާބިރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި މަސްވެރިންނާއި ދަނޑުވެރިންނަށް ވިޔަފާރި ނުކުރެވި އެބަތިބި ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފަރިތައް ހަލާކުވަމުންދާކަން ފާހަގަ ކުރައްވާފައިވެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް