ހަތަރު ޓެކުހަކާއި ފީއެއް ދެއްކުމުގެ ސުންގަޑި މިއަދަށް ހަމަވާނެ: މީރާ

ހަތަރު ޓެކުހަކާއި ފީއެއް ދެއްކުމުގެ ސުންގަޑި މިއަދަށް ހަމަވާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ބުނެފި އެވެ. މީރާއިން ބުނީ، ސުންގަޑި ހަމަވަނީ 2019 ވަނަ އަހަރުގެ ބީޕީޓީ ބަޔާން...

16 Aug 2020 | 08:43

ހަތަރު ޓެކުހަކާއި ފީއެއް ދެއްކުމުގެ ސުންގަޑި މިއަދަށް ހަމަވާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ބުނެފި އެވެ.

މީރާއިން ބުނީ، ސުންގަޑި ހަމަވަނީ 2019 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށައަޅާ ފައިސާ ދެއްކުމާއި، މިއަހަރުގެ ޖުލައިމަހުގެ ވިތްހޯލްޑިންގ ޓެކްސް އާއި، ޖުލައިމަހުގެ ނަން-ރެސިޑެންޓް ވިތްހޯލްޑިގް ޓެކްސްއާއި، ޖުލައިމަހުގެ އެއަރޕޯޓް ޓެކްސް އެންޑް ފީ ދެއްކުމުގެ ސުންގަޑިކަމަށެވެ.

މީގެތެރެއިން ވިތްހޯލްޑިންގ ޓެކްސްއާއި އެއަރޕޯޓް ޓެކްސް އަދި ފީ ދެއްކުމުގެ ސުންގަޑިއަކީ ކޮންމެ މަހެއްގެވެސް 15 ވަނަ ދުވަސްކަމަށް މީރާ އިން ވަނީ ބުނެފައެވެ. ނަމަވެސް އޮގަސްޓް 15 ވަނަ ދުވަސް ބަންދު ދުވަހަކަށް ވުމުގެ ސަބަބުން އައު ސުންގަޑިއަކީ 16 އޮގަސްޓް ގެ ގޮތުގައި އެ އޮތޯރިޓީ އިން ވަނީ ހަމަޖައްސާފައެވެ.

2019 ވަނަ އަހަރުގެ ބީޕީޓީ ބަޔާން ހުށައަޅާ ފައިސާ ދެއްކުމުގެ ސުންގަޑި މިއަދަށް ހަމަވާއިރު މިއީ މީރާއިން މި ޓެކްސް ދެއްކުމަށް ކުރިންއޮތް ސުންގަޑިއަށް އިތުރުކޮށްދިން ސުންގަޑިއެކެވެ. ސުންގަޑި އިތުރުކޮށްދީފައިވަނީ ކޯވިޑް-19 އާއިގުޅިގެން ބައެއް ޓެކްސްތައް ދެއްކުމަށް ޓެކްސް ދައްކާ ފަރާތްތަކަށް މީރާއިން ދެމުންއައި ލުއިތަކާއިގުޅިގެންނެވެ.

މީރާއިން ބަލައިގަންނަ ހުރިހާ ޓެކުހާއި ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް