ޝިޕިންގ އެޖެންސީ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނު...

16 Aug 2020 | 08:01

ރާއްޖޭގައި ޝިޕިންގ އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީވާން ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު ގެޒެޓް ކުރުމާއި ގުޅިގެން ދިވެހިރާއްޖޭގައި ޝިޕިންގ އެޖެންސީ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަަމަށެވެ.

ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު މިދިޔަމަހުގެ 16 ވަނަ ދުވަހު ގެޒެޓް ކުރުމާއި ގުޅިގެން މިގަވާއިދުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދަށް ޢަމަލު ކުރަން ފަށާއިރު ޝިޕިން އޭޖެންސީގެ ޚިދުމަތްދޭ ކުންފުނިތައް ރަޖިސްޓަރީ ކުރުމަށްވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެގޮތުން އެމުއްދަތު ހަމަވާ ތާރީޚަކީ މިމަހުގެ 16 ވަނަ ދުވަހެވެ.

ރާއްޖޭގައި ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދުގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓަރީނުކޮށް އެއްވެސް ފަރާތަކުން ޝިޕިންގ އޭޖެންސީގެ ޚިދުމަތް ދިނުމަކީ މަނާކަމެއްކަމަށެވެ.

ޤަވާއިދު ކުރިން އޮންނަ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކަށް ޝިޕިން އެޖެންޓުންގެ ގޮތުގައި ވަކި ހާއްސަ ލައިސަންސަކާއި ނުލާ ހަރަކާތްތެރިވެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް