ޑރ. އަބްދުއް ސަމަދު މެމޯރިއަލް ބޮޑު ކުރުމަށް އެ ސަރަހައްދު ސާފު ކުރަން ފަށައިފި

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫ ފެށުމަށް އެ ސަރަހައްދު ސާފު ކުރަން ފަށައިފި އެވެ. އެ ހޮސްޕިޓަލްގެ ބޮޑު ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވ...

16 Aug 2020 | 07:54

ގދ. ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކުރުމުގެ މަޝްރޫ ފެށުމަށް އެ ސަރަހައްދު ސާފު ކުރަން ފަށައިފި އެވެ.

އެ ހޮސްޕިޓަލްގެ ބޮޑު ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. މަސައްކަތް ފެށުމުގެ ގޮތުން މިހާރު ކުރަމުން ދަނީ އިމާރާތައް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ގަސްތައް ކަނޑައި ސާފު ކުރުމެވެ.

މި މަޝްރޫއުގެ ދަށުން އެ ހޮސްޕިޓަލުގެ މުހިންމު ހަތަރު ތަނެއްގެ ޖާބަ ބޮޑު ކުރުމަށް ހަމަޖެހިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އޯޕީޑީ ސަރަޙައްދާއި، އިމާޖެންސީ ރޫމާއި، ލޭބާ ރޫމް އެވެ. އަދި ޕްރައިވެޓް ކޮޓަރިތައް ހުންނަ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މިނިސްޓްރީ އޮފް ހެލްތުމި މަޝްރޫއު އެމްޓީސީސީއާއި ހަވާލު ކުރީ 33.5 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުއާއެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް