ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު ލީޑު ރޯލެއް ކުޅޭ ފިލްމު "ސަޅަކް 2" ނިންމުމަށްފަހު ފިލްމީ މަސައްކަތުން ކުޑަ ދުވަސްކޮޅަކަށް ދުރަށް ޖެހިލާކަން ޓްވިޓާ މެދުވެރިކޮށް އަންގައިފަ އެވެ.
ފުއްޕާމޭ ކެންސަރު ޖެހި ހަތަރު ވަނަ ސްޓޭޖުގައި ސަންޖޭ ހުރިއިރު ސަންޖޭ ފިލްމީދާއިރާއާއި ދުރަށް ޖެހިލަނީ ބޭސްފަރުވާ އަށް އެމެރިކާއަށް ދިޔުމަށެވެ. އޭނާ ވަނީ ދާދިފަހުން ނޭވާ ހިތްލާތީ މުމްބާއީ ހޮސްޕިޓަލް ލީލާވާތީގައި އެޑްމިޓްވެސް ކޮށްފަ އެވެ. ސަންޖޭ ފިލްމީ ދާއިރާއިން ދުރަށް ޖެހިލާން ނިންމިއިރު މި މަހު ރިލީޒްކުރާ ފިލްމެއް އެބައޮތެވެ.
"ސަޅަކް 2"ގެ ފިލްމުގެ ބޮޑުބައި ސަންޖޭ ޑަބްކޮށް ނިންމާފައިވާއިރު ބާކީ ޑަބް ކުރަންޖެހޭނީ ވަރަށް ކުޑަ މަންޒަރުކޮޅެއް ކަމަށް ވެސް ޓީމުން ވަނީ ބުނެފަ އެވެ.
ސަންޖޭގެ ބަލިހާލަތު އެނގުމާ އެކު "ސަޅަކް 2"ގެ ލީޑު ތަރި އާލިއާ ބަޓް ވަނީ އޭނާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއެކު ސަންޖޭގެ ގެއަށް ގޮއްސައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް