ދެ ކުޑަކުދިންނާއި އެކު އިތުރު ފަސް މީހަކު އަތޮޅު ތެރެއިން ޕޮސިޓިވް ވެއްޖެ

އަތޮޅު ތެރޭގެ ފަސް ރަށަކުން ފަސް މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްއީއޯސީން ބުނީ މިއަދު މީހުން ޕޮސިޓިވްވެފައިވަނީ ރ. ހުޅުދުއްފާރާއި، އދ. މާމިގިލި، ފ. ނިލަންދޫ އަދި ކ. ހިންމަފުށީގ އިތުރުނ...

16 Aug 2020 | 05:47

އަތޮޅު ތެރޭގެ ފަސް ރަށަކުން ފަސް މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްއީއޯސީން ބުނީ މިއަދު މީހުން ޕޮސިޓިވްވެފައިވަނީ ރ. ހުޅުދުއްފާރާއި، އދ. މާމިގިލި، ފ. ނިލަންދޫ އަދި ކ. ހިންމަފުށީގ އިތުރުން ނ. މިލަދޫންކަމަށެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނެ އެވެ.

ހިންމަފުށިން ޕޮސިޓިވްވެފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ. ނިލަންދޫއިން ޕޮސިޓިވްވެފައިވަނީ ހަތަރު އަހަރުގެ ފިރިހެން ކުއްޖެކެވެ. މިލަދޫއިން ޕޮސިޓިވްވެފައިވަނީ 22 އަހަރުގެ އަންހެނެކެވެ.

މާމިގިލިން ޕޮސިޓީވްވެފައިވަނީ ހަ އަހަރުގެ ފިރިހެން ކުއްޖެކެވެ. ހުޅުދުއްފާރުން ޕޮސިޓިވްވެފައިވަނީ 40 އަހަރުގެ ފިރިހެނެކެވެ.

މި ފަސް މީހުންގެ އިތުރުން ރޭ ހުޅުދުއްފާރުން އިތުރު މީހަކު ޕޮސިޓީވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ. ރޭ ޕޮސިޓިވްވެފައިވަނީ 44 އަހަރުގެ އަންހެނެކެވެ. މިއާއި އެކު އެރަށުން ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައި އެވެ.

އެޗްޕީއޭއިން ބުނީ މިއަދު އަތޮޅު ތެރެއިން ޕޮސިޓިވްވި ހުރިހާ އެންމެންނަކީ ހޯމް ކަރަންޓީންގައި ތިބި މީހުން ކަމަށެވެ. އެހެން ކަމުން އެމީހުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް