ސްޓާޕްލަސްއިން ދައްކަމުން އަންނަ މަޝްހޫރު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގައި އަނޫރާގް ބާސޫގެ ރޯލުން ފެންނަ ޕާތު ސަމްތާން އާއި ޕްރޭނާގެ ރޯލުން ފެނިގެންދާ އެރިކާ ފެނާންޑޭޒް އެ ޝޯ ދޫކޮށްލަން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕާތު ވަނީ މިހާރު ނޯޓިސް ވެސް ދީފަ އެވެ. އެގޮތުން އޭނާ ޝޫޓިންގައި ބައިވެރިވާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ނުވަތަ 11 އެވެ. ގިނަ ބަޔަކު ވަނީ ޕްރެނާ އާއި އަނުރާގްގެ ރޯލަށް އެރިކާ އާއި ޕާތު ބަލައިގެންފަ އެވެ. އެ ޖޯޑަށް ވަރަށް ތައުރީފް ވެސް ކުރެ އެވެ.
2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން 25 ވަނަ ދުވަހުން ފެށިގެން ކަސޯޓީގެ ދެވަނަ ބައި ދައްކަމުން އަންނައިރު ލީޑު ދެ ތަރިން ޝޯ ދޫކޮށްލާ ހަބަރާއެކު މިވަނީ ސަޕޯޓަރުން ވަރަށް ބޮޑަށް މާޔޫސްކޮށްލާފަ އެވެ.
އަނޫރާގް އާއި ޕްރޭނާގެ ޖޯޑަކީ އާންމުންގެ ލޯބި ހޯދާފައިވާ ޖޯޑެކެވެ. އެ ޝޯ ދޫކޮށްލަން އަނޫރާގް ނިންމީ އެ ޑްރާމާގެ ވާހަކަ އެހާ ކަމުނުދާކަމަށް ބުނެފައެވެ. ޑްރާމާގައި އަނޫރާގް އާއި ޕްރޭނާ ވަކިވުމުން މިހާރު ގިނައިން ބަޖާޖް އާއި ޕްރޭނާގެ ގުޅުމެވެ. އަދި ޑްރާމާގައި 10 އަހަރުގެ ދަރިފުޅުގެ ބައްޕަގެ ރޯލު ކުޅެން އަނޫރާގް ހިތްހަމައެއް ނުޖެހެ އެވެ.
ކަސޯޓީގެ ފުރަތަމަ އެޕިސޯޑެއް ސްޓާޕްލަސްއިން ދެއްކީ 2018 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް