ޔާމީނަށް ފަތާ ޓެރެކެއް ހަދައިދޭކަށް ނޭދެން: ޑރ. ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންށް ފެތުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް އެދިފައި ނުވާނެ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނ...

16 Aug 2020 | 05:22

ކުރީގެ ރައީސް އަބްދުﷲ ޔާމީންށް ފެތުމުގެ ފުރުސަތު ފަހިކޮށް ދިނުމަށް އެދިފައި ނުވާނެ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަހުމަދު ވިދާޅުވީ އެމަނިކުފާނު ފަތަން އަދި އެހެން ކަމަކަށްވެސް އެދިވަޑައި ނުގަންނަވާ ކަމަށެވެ. ހަމައެކަނި އެދިވަޑައިގެންނަވަނީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އެހެން މީހުންނަށް ލިބިދޭ ހައްގުތައް ދިނުމަށް ކަމަށެވެ.

ހޯމް މިނިސްޓަރު ޓެގު ކުރައްވާ ކުރެއްވި ޓުވީޓުގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެތައް ދައުވާއެއް އުފުލަމުން ދާއިރު ވަކީލުންނާއި ބައްދަލު ކުރެއްވުމުގެ ފުރުސަތު ނުދޭ ކަމަށެވެ. އަދި މިނިސްޓަރު އިމްރާން މަސައްކަތް ކުރައްވަނީ ޔާމީންގެ އަބުރު ކަތިލުމަށް ކަމަށް ވިދާޅުވި އެވެ.

https://twitter.com/MJameelAhmed/status/1294844475827576832?s=19

ރައީސް ޔާމީންއަށް ގާނޫނީ ވަކީލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދޭކމަށް ބުނެ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސްއިން ބުނެފައިވަނީ މި ދުވަސްވަރު ބައްދަލުވުންތައް ގެންދަނީ އޮންލައިންކޮށް ކަމަށެވެ. އެހެންވެ އޮންލައިންކޮށް ބައްދަލު ކުރަން ބޭނުންވާ ކަމަށް އެދި ފޯމު ފުރުމުން އެ ފުރުސަތު ލިބޭނެ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް އަންގާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް