ރ. ހުޅުދުއްފާރުން އިތުރު މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ މިއަދު ޕޮސިޓިވް ވެފައިވަނީ 32 އަހަރުގެ އަންހެނެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ ހޯމް ކަރަންޓީން ފުރިހަމަ ކުރުމުން ކޯވިޑަށް ޓެސްޓު ކުރުމުންނެވެ.
މިމަހުގެ ހަ ވަނަ ދުވަހުވެސް އެ ރަށުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވެ އެވެ. އެމީހާ އަކީ މާލޭގައި ނެގި ރެންޑަމް ސާމްޕަލް އަކުން ޕޮސިޓިވްކަން އެނގުނު މީހެކެވެ.
މިހާތަނަށް ހުޅުދުއްފާރުން ތިން މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. ފުރަތަމަ މީހާ އަކީ ހޯމް ކަރަންޓީންގައި ހުރި މީހެކެވެ.
އެޗްޕީއޭއިން ބުނީ ހޯމް ކަރަންޓީން ނިންމާފަހުން ޕޮސިޓިވްކަން އެނގުނަސް އެޗްޕީއޭގެ ހޯމް ކަރަންޓީންގެ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކޮށްފައިވާ ނަމަ ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް