ކޯވިޑް-19 އަށް އިތުރު68 މީހަކު ޕޮސިޓިވްވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ 47 ދިވެހިންނާއި 21 ބިދޭސީންނެވެ. ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާ ހަތަރު މީހުން އަދި ސްރީލަންކާގެ ހަތަރު މީހުންނާއި ފިލިޕީނޯސްގެ ތިން މީހުންގެ އިތުރުން ނޭޕާލް މީހެކެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 18 މީހުންނެވެ. މިއާއި އެކު ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ ޖުލްމަ އަދަދު 2،339 އަށް އެރީ އެވެ.
މިހާރު ކޯވިޑް-19 އަށް ފަރުވާދެމުން ދަނީ 530 މީހުންނަށެވެ.
މި ބައްޔަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވިވެފައިވަނީ 2،899 މީހުންނެވެ. މީގެ ތެރެއިން 15 މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.
މަރުވެފައިވަނީ 10 ދިވެހިންނާއި ފަސް ބިދޭސީންނެވެ.
https://twitter.com/HPA_MV/status/1283808813867577352
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް