މިނިވަން ދުވަހާއި ދިމާކޮށް އަންނަ ބަންދުގައި ބޭންކުތައް ހުޅުވާނީ 29 ވަނަ ދުވަހު

މިނިވަން ދުވަހާއި ދިމާކޮށް އަންނަ އެއް ހަފްތާގެ ބަންދުގައި ބޭންކުތަކާއި އެމްއެމްއޭއިން ހިދުމަތް ދޭނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ބުނެފި އެވެ. އެމްއެމްއޭއިން ބުނީ މިމަހުގެ 26 ވަނަ ދުވ...

16 Jul 2020 | 12:10

މިނިވަން ދުވަހާއި ދިމާކޮށް އަންނަ އެއް ހަފްތާގެ ބަންދުގައި ބޭންކުތަކާއި އެމްއެމްއޭއިން ހިދުމަތް ދޭނީ މިމަހުގެ 29 ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ ތިން ވަނަ ދުވަހާއި ހަމައަށް ސަރުކާރު ބަންދުކޮށްފައިވާތީ އެ ހަފްތާގައި ބޭންކުގެ ހިދުމަތްދޭން ނިންމާފައިވަނީ ޖުލައި 29 ވާ ބުދަ ދުވަހު ކަމަށެވެ.

އެ ދުވަހު ބޭންކުތަކުން ހިދުމަތް ދޭނީ ހެނދުނު8:30 ން މެންދުރު ފަހު2:00 އަށެވެ.

އެމްއެމްއޭއަށް ސިޓީއާއި ތަކެތި ބަލައިގެންނާނީވެސް ހެނދުނު8:30 ން މެންދުރު ފަހު2:00 އަށް ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް