މާބައިދޫގެ ނެރުގެ މަސައްކަތް އޯގަސްޓް މަހު ނިމޭނެ: އެމްޓީސީސީ

ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތު އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭ ނިމޭނެ ކަމަށް އެމްޓީސީއިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ، މި މަޝްރޫޢުގެ 79 އިންސައްތަ ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގ...

16 Jul 2020 | 07:17

ލ. މާބައިދޫގެ އާ ނެރު ހެދުމުގެ މަސައްކަތު އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާ ތެރޭ ނިމޭނެ ކަމަށް އެމްޓީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ، މި މަޝްރޫޢުގެ 79 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ވަނީ ނިމިފައިވާ ކަމަށެވެ. އަދި ބްރޭކްވޯޓަރ ހެދުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިންމައި އެއްގަމު ތޮށިން ބޭރު ތޮއްޓަށް އަރާ ފާލަމުގެ ސްލެބް އެޅުމުގެ ތައްޔާރީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މާބައިދޫގެ އާ ނެރު ހެދުމުގެ މަޝްރޫޢުގެ ދަށުން 17،503.96 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ސަބް މަރޖް ބްރޭކްވޯޓަރ ލުމާއި، 83 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަން އެކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި  މަޝްރޫޢުގެ އަގަކީ 16.4 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ނޮވެމްބަރ 2019 ގައި. މަޝްރޫޢު ނިމޭނެ ކަމަށް ލަފާ ކުރެވެނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް