ސަފާރީ ޖިންސީ ގޯނާ ކޭސްގެ މައުލޫމާތު ފުލުހުން ހާމަކުރަނީ!

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ ފުލުހުން ތަފްސީލީ މައުލޫމާތު ހާމަ ކުރަން ތައްޔާރު ވެއްޖެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ...

16 Jul 2020 | 05:49

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ ފުލުހުން ތަފްސީލީ މައުލޫމާތު ހާމަ ކުރަން ތައްޔާރު ވެއްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މެންދުރު 1:00 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އެ ކޭސް އާއި ގުޅިގެން ފުލުހުން ކޮށްފައިވާ ތަހުގީގުގެ މައުލޫމާތު ހާމަ ކުރާނެ ކަމަށް ބުނެ އެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އަދި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މަރިޔަމް އަޒްމާ އެވެ.

މިހާތަނަށް މި މައްސަލައިގަ ފުލުހުން ބުނެފައިވަނީ އެ މައްސަލައިގަ ހައްޔަރު ކުރީ 39 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. އަދި ބަންދުގައި ބަހައްޓާނެ ސަބަބެއް ނެތިގެން އެ ދެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ ފަތިހު އެވެ.

ޖިންސީ ގޯނާގެ މި މައްސަލަ އަކީ ގައުމު ވަރަށް ބޮޑަށް ހިލުވާލި މައްސަލައެކެވެ. އަދި އެހާ އަވަހަށް މި ވާހަކަ ދެއްކުން ހުއްޓުނު ކޭސް އެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގަ ހައްޔަރު ކުރީ ސިޔާސީ ގޮތުން ސަރުކާރުގެ ބާރުގަދަ އާއިލާއަކަށް ނިސްބަތްވާ ބައެކެވެ. އޭގެ ތެރޭގައި މަޖިލީސް މެމްބަރެއްގެ ފިރިކަލުން ހިމެނޭ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް