ރެހެންދި ސްކޫލުގެ ދެ ދަރިވަރަކާއި ޓީޗަރަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ރެހެންދި ސްކޫލުން ބަޔަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަމަށާއި ނަމަވެސް އެއީ ދަރިވަރުން ކަމެއް ނުވަތަ ޓީޗަރުން ކަމެއް ޔަގީން ކޮށްދެވެން ނެތް ކަމަށެވެ.
ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލަށް ޕޮޒިޓިވް ވެފައިވަނީ ދެ ދަރިވަރަކާއި ޓީޗަރެކެވެ. އެކަމަކު އެމީހުންނަށް ކޯވިދް ޖެހެިފައިވަނީ ސްކޫލް މާހައުލުން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 2،831 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ސްކޫލް ދަރިވަރުން ހިމެނެ އެވެ.
ރާއްޖެއިން ބައްޔަށް ޕޮސިޓިވްވާ ކުޑަކުދިންގެ ހާލު އާންމުގޮތެއްގައި ރަނގަޅު ކަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.
ރާއްޖެއިން ކޯވިޑަށް ޕޮސިޓީވްވި މީހުންގެ ތެރެއިން 2،321 މީހަކު ވަނީ ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 14 މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް