ފުރަތަމަ ދުވަހު 104 ޓޫރިސްޓުން، އެންމެ ގިނައީ ތުރުކީ ޓޫރިސްޓުން

އަލުން ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު ރާއްޖެއަށް 104 ޓުރިސްޓަރު އައި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗްމަހުގެ27 ވަނަ ދުވަހު އެވެ. އަލުން ...

16 Jul 2020 | 05:17

އަލުން ބޯޑަރު ހުޅުވި ފުރަތަމަ ދުވަހު ރާއްޖެއަށް 104 ޓުރިސްޓަރު އައި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިދިޔަ މާޗްމަހުގެ27 ވަނަ ދުވަހު އެވެ. އަލުން ބޯޑަރު ހުޅުވީ އިއްޔެ އެވެ.

އިއްޔެ ރާއްޖެއަށް ބައިނަލް އަގުވާމީ ތިން އެއާލައިނެއްގެ ޝެޑިއުލް ދަތުރުތައް ފެށި އިރު ދެ އެއާލައިނެއްގައި ޓޫރިސްޓުން އައިސްފައިވެ އެވެ. ޓޫރިސްޓުން އައިސްފައިވަނީ ސްރީލަންކަން އެއާލައިންސް އާއި ގަތަރް އެއާވޭސްގައި އެވެ.

އިމިގްރޭޝަނުން ބުނީ ގަތަރު އެއާވޭސްގައި 103 ޓޫރިސްޓަކު އައިސްފައިވާ ކަމަށެވެ. ސްރީލަންކަން އެއާލައިންސް އިން އެކަކު އައިސްފައިވެ އެވެ.

އިއްޔެ ރާއްޖެ އައި ޓޫރިސްޓުންގެ ތެރޭގައި ހިމެނެނީ ތުރުކީގެ 14 ޓޫރިސްޓުން، އެމެރިކާގެ 12، ނެދަލޭންސްގެ ނުވައެއް، ޖަރުމަނު އަށެއް އަދި ސްވިޒަލޭންޑުގެ ހަތް ޓޫރިސްޓުންނެވެ. އަދި އެހެނިހެން ގައުމުތަކުގެ 54 ޓޫރިސްޓަކު ރާއްޖެ އައިސްފައިވެ އެވެ.

އިއްޔެ ރާއްޖެ އައި އެއްވެސް ޓޫރިސްޓެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތް ފެނިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް