ކޯވިޑް-19ގެ މި ހާލަތުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ވައިގެމަގުން ދަތުރުކުރެވޭހެން އެއާ ބަބްލްއަކަށް ރާއްޖެއިން ކުރި ރިކުއެސްޓަށް އިންޑިއާއިން އިޖާބަ ދޭނެ ކަމުގެ ފެހި ސިގްނަލް ލިބެމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
އެގޮތުން އިންޑިއާގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި އެއާ ބަބްލްގެ އެގްރީމެންޓް މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ނިންމާލާނެއެވެ.
މި އެއާ ބަބްލް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު މި ހާއްސަ އިންތިޒާމުގެ ދަށުން ރާއްޖެއަށް ފްލައިޓުތައް އޮޕަރޭޓް ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑައިރެކްޓަރު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއިން ބޭސްފަރުވާއަށް އިންޑިއާއަށް ދާން ބޭނުންވާ ފަރާތްތަކާއި ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމުތައް ފަސޭހަކަމާއެކު ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް