ރާއްޖެއިން ކޯވިޑް ޖެހުނު 80 ޕަސެންޓެއްހާ މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި 79.7 ޕަސެންޓު މީހުން ރަނގަޅުވެއްޖެ އެވެ. އެޗްޕީއޭއިން މިއަދު އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދާއި ހަމައަށް 1،670 މީހަކު ވަނީ ބަލިން ރަނގަޅުވ...

16 Jun 2020 | 17:38

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި 79.7 ޕަސެންޓު މީހުން ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދާއި ހަމައަށް 1،670 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއަދު އެކަނި 130 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއާއި އެކު މިހާރު ރާއްޖޭގައި ކޯވިޑް ޖެހިގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 424 މީހުންނަށް ތިރިވެފައި އެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ އަށް މީހުންނަށެވެ. އެންމެންގެ ހާލުވެސް ރަނގަޅެވެ.

ބަލިން ރަނގަޅުވާ މީހުން އެހާގިނަވެފައި މިވަނީ ބަލިން ރަނގަޅުވި ކަމަށް ބަލާ އުސޫލުތަކަށް ބަދަލު ގެނައި ފަހުންނެވެ. މިހާރު ނިންމާފައިވަނީ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ 21 ދުވަސް ފަހުން ޓެސްޓު ނުކޮށް ދޫކޮށްލާށެވެ. އެކަމަކު އުމުރުން ދުވަސްވީ މީހުންނާއި ބޮޑތި ބަލިތަކުގެ މީހުން ކޯވިޑުން ރަނގަޅުވުމުން ދޫކޮށްލާނީ ޓެސްޓުކޮށްފައި އެވެ.

އާންމުކޮށް ރާއްޖޭގައި ބަލި ޖެހެނީ އުމުރުން 18 އަހަރާއި39 އަހަރާއި ދެމެދުގެ މީހުންނެވެ. އެޕްޕީއޭއިން ބުނީ އާންމުކޮށް ބަލ ޖެހޭ އުމުރުގެ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކަމަށެވެ. އަދި ރާއްޖެއިން ގިނައިން ބަލި ޖެހިފައިވާ މީހުންގެ ގައިން އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން2،094 މީހަކު ޕޮސިޓިވްވެފައިވަނީ އަށް ދިވެހިން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް