އިތުރު 29 މީހަކު ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން އިތުރު29 މީހަކު ކޯވިޑް-19 ަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން މިއަދު ޕޮސިޓިވްވެއްފައިވަނީ އެންމެ ދިވެއްސެކެވެ. ދެން ޕޮސިޓިވްވެފައިވަނީ ބަންގްލ...

16 Jun 2020 | 17:27

ރާއްޖެއިން އިތުރު29 މީހަކު ކޯވިޑް-19 ަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން މިއަދު ޕޮސިޓިވްވެއްފައިވަނީ އެންމެ ދިވެއްސެކެވެ. ދެން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ15 މީހަކާއި، ފިލިޕީނޯގެ މީހަކާއި، ނޭޕާލްގެ ނުވަ މީހަކާއި އިންޑިއާގެ ދެމީހުންނެވެ. ދެން ޕޮސިޓީވްވެފައިވާ މީހާގެ ގައުމު ކަށަވަރު ނުވާކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

މިއަދު ޕޮސިޓިވްވި އެންމެންގެ ހާލުވެސް ރަނގަޅެވެ.

މިހާޜު މިނޮޓަރިންގެ ހާލަތުގައި އޮތީ މާލޭ ސިޓީ އެކަންޏެވެ. އެޗްޕީއޭއިން ބުނީ ކޯވިޑް-19 ގެ ކޭސްތައް މާލެއިންވެސް ފެނުން މަދުވެ ބަލި ކޮންޓްރޯލް ވުމާއި ގާތްވެފައިވާ ކަމަށެވެ.

މިހާތަނަށް ޖުމްލަ ޕޮސިޓިވްވެފައިވަނީ2،094 މީހުންނެވެ. މި ބަލީގައި އަށް މީހަކު މަރުވެފައިވެ އެވެ.

އެއީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް