ކޯވިޑް-19ގެ މި ހާލަތުގައި ދީފައިވާ ލުއިތަކާއެކު ސްކޫލުތައް ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، ހުއްދަ ނެތި ފޭސް މާސްކުގައި ސްކޫލުތަކުގެ ބެޖު ބޭނުން ނުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ މިނިސްޓްރީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ މި މިނިސްޓްރީގެ ފިކުރީ މުދަލެއް ކަމަށާއި ސްކޫލު ޔުނިފޯމުގައި ބޭނުން ކުރުމަށް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުންކުރަން ވާނީ މި މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށެވެ.
“ނަމަވެސް މިހާރަކަށް އައިސް މި މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި ބައެއް ފަރާތްތަކުން ސްކޫލުތަކުގެ ބެޖު، ވިޔަފާރީގެ ބޭނުމުގައްޔާއި އެނޫންވެސް ކަންކަމުގައި ބޭނުންކުރަމުން އަންނަކަން ވަނީ މި މިނިސްޓްރީއަށް ފާހަގަކުރެވިފައި" އެ މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެގޮތުން ވަކިން ހާއްސަކޮށް ކޯވިޑް-1ގެ ހާލަތުގައި ސްކޫލުތައް އަލުން ހުޅުވައިލުމުން ދަރިވަރުން ހާޒިރުވާއިރު ބޭނުންކުރުމަށް ބައެއް ފަރާތްތަކުން ތައްޔާރުކޮށް ވިއްކަމުން އަންނަ ފޭސް މާސްކުތަކުގައި ބައެއް ސްކޫލުތަކުގެ ބެޖު ޖަހައިގެން ވިއްކަމުން އަންނަ ފޭސް މާސްކުތަކުގައި ބައެއް ސްކޫލުތަކުގެ ބެޖު ޖަހައިގެން ވިސްކަމުން އަންނަކަންވެސް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
އަދި އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫންގޮތަކަށް އެއްވެސް ސްކޫލެއްގެ ބެޖު ވިޔަފާރިއާއި އެނޫންވެސް ކަންކަމުގައި އަމިއްލަ ފަރާތްތަކުން ބޭނުން ނުކުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް